ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތަށްފަހު އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން މިހާތަނަށް ލިބިފައިވަނީ 34 ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރީރަޖިސްޓްރޭޝަނަށް ލިސްޓް އާންމުކޮށް ޝަކުވާ ހުށައަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިވަގުތާ ހަމައަށް ލިބުނީ 34 ޝަކުވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ރީ ރަޖިސްޓަރ ކުރުމަށް ހުށައެޅި ބޮޑު އަދަދާ ގުޅިގެން ކުރެވުނު މަސައްކަތާއެކު ޝަކުވާ ހުށަހެޅުމަށް އިތުރު އެއްވެސް ވަގުތެއް މިހާރު ދެވެން ނެތް ކަމަށެވެ.

ދެވަނަ ބުރަށް 47،000 އަށްވުރެގިނަ ފަރާތަކުން ރީރަޖިސްޓްރީ ކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް އިލެކްޝަން ކޮމިޝަނުން ވަނީ ދީފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ވަނީ މިރޭ 09:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން