އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ގަތް މީހުންނަށްހުޅުމާލޭގައި އަޅަމުން އަންނަ ފަހިދިރިއުޅުމުގެ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދޭން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ނިންމަވައިފިއެވެެ.

ރައީސް އެގޮތަށް ނިއްމެވީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން ހުޅުވާލި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލައި ޝަރުތު ހަމަވެ އަރަބިއްޔާއާއި ގާކޮށި ފްލެޓް ނުވަތަ ޓާޓާ ފްކެޓް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން ގަންނަން ޖެހުނު އާއިލާތަކުން އެދުނު ގޮތަށް އެފަރާތްތަކަށް ލުއި ހޯދައި ދިނުމުގެ ގޮތުންނެެވެ.

މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަކްރަމް މިއަދު ވިދާޅުވީ އިޖުތިމާއީ ބޯހިިޔާވަހިކަމުގެ ސްކީމުން އެހެން ފްލެޓެއްގެ ފުރުސަތު ދޭން ސަރުކާރުން ނިންމީ އެ މީހުންނަށް ހޯދައިދެވެން އޮތް އެންމެ ރަނގަޅު ލުޔަކީ އެއީކަމަށް ވާތީ ކަމަށެވެެ.

އެގޮތުން ޓާޓާ ފުލެޓް ގަތް އާއިލާތަކަށް މީގެ ކުރިން ސަރުކާރުން އެންމެ އަވަހަށް ކުރިއަށް ގެންދާ ސްކީމަކުން ފްލްޓް ދޭނެ ކަމުގެ ލިއުމެއް ދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭންކްތަކާ ވާހަކަދައްކައިގެން އާއިލާތަކުން ނެގި ލޯނުގެ އިންސްޓްރެސްޓް ކުޑަކުރަން މި ސަރުކާރުން ވާހަކަ ދެއްކި ކަމަށެވެ. އެކަމަކު އެކަމަށް ހައްލެއް ނުލިބުނުކަން އަކްރަމް ވަނީ ފާހަގަކުރަށްވާފައެވެ.

"އެހެންވެ ރައީސްގެ ނިންމެވުމަކީ ފަހި ދިރިއުޅުމުގެ ތެރެއިން މިހާރު ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުން." އަކްރަމް ވިދާޅުވި އެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓް، 47 އާއިލާއަކުން ގަތީ ބޭންކްތަކުން ކޮމާޝަލް ލޯން ނަގައިގެންނެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އަންގާފައެވެ. ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމާއެކު ފްލެޓްތައް 2017 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

އެފްލެޓްތައް ގަތް މީހުންނަށް ފަހުން ޖެހުނީ މޯލްޑިވްސް އިސްލާމީ ބޭންކާއި ބޭންކް އޮފް މޯލްޑިވްސްއިން ބޮޑު އިންޓްރަސްޓްގައި ލޯނުނަގާށެވެ. 9 އިންސައްތަ އާއި 11 އިންސައްތަ އިންޓްރަސްޓްގައި ލޯނު ނެގި މީހުންނަށް މިހާރު މަހަކު 17 ހާހަށްވުރެ ބޮޑުކޮށް ބެންކަށް ލޯނުގެ ގޮތުގައި ދައްކަން ޖެހެއެވެ.

ޔާމިން ސަރުކާރުގައި މި ފްލެޓްތައް ގަތުމަށް ސަރުކާރުން ގެރެންޓީ ދޭގޮތަށް 6 އިންސައްތަ އިންޓްރަސްޓްގައި ވެސް ފަހުން ލޯން ސްކީމެއް ތައާރަފް ކުރިއެވެ. ނަމަވެސް އޭރު ގިނަ ބަޔަކު ތިބީ ކޮމާޝަލް ލޯނު ނަގައިގެންނެވެ.

އެހެންކަމުން 2 މިލިއަން ރުފިޔާއަށް ވިއްކި ފްލެޓަށް ވިއްސަކަށް އަހަރުން ލޯނު ދައްކައި ނިމޭއިރު ފްލެޓްގެ އަގު 4 މިލިއަނެއްހާ ރުފިޔާއަށް އަރައެވެ.

ފްލެޓް ގަނެގެން ބޮލުގައި އެޅުނު ބޮޑު ދަރަނީގެ އިތުރުން އިމާރާތުގެ ފެންވަރު ދަށްވުމަކީވެސް ފްލެޓް ލިބުނު ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ. ފްލެޓް ހަވާލުކުރި އިރުވެސް އެތަންތަނަކީ ވިއްކި އަގާއި އަޅާބަލާއިރު ވަރަށް ފެންވަރުދަށް ދިރިއުޅުމަށްވެސް ކަމުނުދާ ފެންވަރުގެ ތަންތަންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން