ފޮޓޯ: ސަންގު ނިއުސް
ފޮޓޯ: ސަންގު ނިއުސް
ރާއްޖެ އެތެރެކުރަން އުޅުނު ޕާޓީ ޑްރަގެއް ،މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނީ 2.2 ކިލޯގެ ޕާޓީ ޑްރަގްސް ކަމަށެވެ. މި މަހުގެ 16 ވަނަ ދުވަހު އެ ޑްރަގް ފެނުނީ ކުރިއާ މެދުވެރިކޮށް ޖަރުމަނު ވިލާތުން ރާއްޖެއަށް ގެނެސްފައި ހުރި ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި، އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައިފާސްކުރުމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭއަށް ވަނީ ޕޮޒިޓިވްވެފައެވެ.

ކަސްޓަމުން ބުނީ މިހާރު އެ ޑްރަގް ޕާރްސަލް ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށާއި ފުލުހުން އެކަމުގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން