ބޯހިޔާވަހިކަމުގެ މައްްްސަލައަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދިނުމަށް ބިންވެރިޔާ އަދި ގެދޮވެރިޔާ ސްކީމްގެ ނަމުގައި ސަރުކާރުން ވަނީ ޕްރޮގްެރާމެއް ހިންގާފައެވެ. އެ ޕްރޮގްރާމްގެ ދަށުން 15 ހާހަށްވުރެ ގިނަ މީހުންނަށް ގޯތި، އަދި 19 ހާހަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ހައުސިންގ މިނިސްްޓްރީން މިއަދު ބުނީ މާލެ ސަރަހައްުދުގެ ބޯހިޔަވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓު ދޫކުރަން އަނެއްކާވެސް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެ ގޯތި ދޫކުރުމަށް މާދަމާގެ ކުރިން ހުޅުވައިލާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި ގޯތިތަކާއި ފްލެޓްތަކަށް ކުރިމަތިލުމަށް އެންމެ ލަސްވެގެން މާދަމާ އިއުލާންކުރާނެކަމަށެވެ. އަދި މިފަހަރު އިއުލާންކުރާއިރު ބައެއް މީހުންގެ ފަރާތުން މީގެކުރިން ހުށަހަޅާފައިވާ ޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން