ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމަށް އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށެއްގައި "ދޮރުން ދޮރަށް" ހަރަކާތެއް ބާއްވައިފިއެވެ.
އެމްޑީޕީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިޔަ މިހަރަކާތް އޮތީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00އަށް ކަމަށެވެ.
"ދޮރުން ދޮރަށް" ހަރަކާތް މާލޭގައި މިއަދު ކުރިއަށްދިޔައިރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ސާލިހު ހަރަކާތްތެރިވީ މާފަންނުގައި ކުރިއަށްދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައެވެ.
އެމްޑީޕީން ބުނީ މި ހަރަކާތުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި، އެކަންކަމަށް ހައްލު ގެނައުމަށް ފަސޭހަވެގެންދާނެކަމަށެވެ.
އެމްޑީޕީން ދަނީ މިމަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ޙޯދުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި މި ހަފްތާގައި ބައެއް ރަށްރަށް ރައީސް ސާލިހު ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މާފަންނު ރައްޔިތުންގެ ހޫނު މަރުހަބާއަކުން ރައީސް @ibusolih އަށް ބޮޑު ތާއީދެއް!
— Ufaaveri Amaan Raajje (@ibu_2023) September 23, 2023
މުޅި ރާއްޖޭގައި މިއަދު އެމްޑީޕީ ދޮރުން ދޮރަށް#IbuAslam2023#VoteMDP#UfaaveriAmaanRaajje pic.twitter.com/wbBuS6BTjj
އެމްޑީޕީން ބުނީ މި ހަރަކާތުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި، އެކަންކަމަށް ހައްލު ގެނައުމަށް ފަސޭހަވެގެންދާނެކަމަށެވެ.
އެމްޑީޕީން ދަނީ މިމަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ޙޯދުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި މި ހަފްތާގައި ބައެއް ރަށްރަށް ރައީސް ސާލިހު ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު