ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައިސް ސާލިހަށް ތާއީދުކުރަށްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި ގާސިމްގެ ރަނިން މޭޓް އަމީން އިބްރާހިމްއާއި، ޕާޓީގެ ޑެޕިއުޓީ ލީޑަރު ސައުދު އާއި ކައުންސިލްގެ އިސް މެމްބަރުން ހިމެނެއެވެ.

މި ބޭފުޅުން ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމިކަން ހާމަކޮށް އެކަން އިއުލާންކުރީ މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގަޢި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގާސިމްގެ އަރިހުގައި މީގެކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ މެންބަރު ރިޔާޒު ރަޝީދާއި އިލްހާމް އަހްމަދު ވަނީ މީގެކުރިން ރައީސް ސާލިހަށް ތާއީދު އޮތްކަން ހާމަކުރަށްވާފައެވެ. އަދި އިލްހާމް ވަނީ އެމްޑީއަށް ސޮއިވެސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން