ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަތްޕުޅުން ނިގުޅައިގަނެފައިވާ ޕާޓީއާއި އިންސާފު އެމަނިކުފާނަށް ހޯދައިދޭނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އަށް ލިބިވަޑައިގަތީމަވެސް ފިޔަޅު އަޅުއްވާފައި ނުވާ ކަމަށެވެ. އަދި އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް ރަނގަޅަށް ތަހުގީގެއް ނުކުރައްވާ ކަމަށް ޝިޔާމު ތުހުމަތު ކުރެއްވިއެވެ.

އެހެންކަމުން ޕީޕިއެމް-ޕީއެންސީން އެމަނިކުފާނަށް އިންސާފު ހޯދައިދޭނެ ކަމަށާއި ނިގުޅައިގަނެފައިވާ ޕާޓީވެސް ހޯދައިދޭނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސް ތަމްސީލުކުރާ ރައްޔިތުންގެ މަޖްލީޙުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ދެއްކެވި ވާހަކަފުޅަކަށް އިޝާރާތްކުރައްވައި ކުރެއްވި އެކްސްއެއްގައެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މޭ މަހުގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ފޮޓޯއެއް އާއިލާއިން ހާމަނުކުރެއްވިނަމަ މިހާރު އެމްޑީޕީން ވާނީ އެއީ ނުހިނގާ ކަމެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ ކަމަށެވެ. އެހެންކަމުން، އާއިލާއިން އެކަން އެގޮތަށް ކުރެއްވުމުން އެކަމާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި އިންތި ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ހަށިކޮޅަށް އަރާފައި ހުރި ޒަޚަމްތައް ހާމަވާ ފޮޓޯ އެބޭފުޅުން އާންމުކުރެއްވީ ހާމަކުރެއްވީ. އަޅުގަނޑުގެ ބޮލާ ދިމާގައި އުޑު އޮތް ފަދައިން ޔަގީންވާކަމެއް މިއަދު އެ (ފޮޓޯތައް) ހާމަނުކުރިނަމަ، އެމްޑީޕީގައި އެތިބިހާ ބަޔަކު އެއީ ނުހިނގާކަމަކަށް ހަދާނެ،" އިންތި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން