ފޮޓޯ: މިހާރު
ފޮޓޯ: މިހާރު
މީގެ ކުރީގައި ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަން ނިންމެވީ ގިނިކަންޏާކަމަށް ވިޔަސް، މިހާރު އެ ޕާޓީގެ އިސް ގިނަ ބޭފުޅުން ރައީސް ޞާލިޙާއިއެކު "އުފާވެރި އަމާން ރާއްޖެ"ގައި ބައިވެރިވެއްޖެ ކަމުގައި ކުރީގެ ޖޭޕީގެ މެންބަރެެއް ކަމުގައިވާ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު މިފަދައިން ވިދާޅުވީ މި ހަފްތާ ތެރޭގައި ޖޭޕީގެ ގިނަ މެންބަރުންތަކެއް ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވުމާއި ގުޅިގެން އެކަމުގައި އުފާ ފާޅުކުރަށްވަމުންނެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމި ނަަމަވެސް، އެ ޕާޓީގެ ބޭފުޅުން އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން ހުއްދަ ދެއްވުމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ ސަމީރު ވަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާޙީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަނިޔާވެރިކަމާއި ދެކޮޅަށް ކާމިޔާބު ހޯދުމަށް ޖޭޕީން ބައިވެރިވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ސަމީރު ޖޭޕީން ވަކިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ރައީސް ޞާލިޙަށް ތާއީދުނުކުރައްވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ. އެކަން އިއުލާންކުރެއްވި ކައުންސިލު ބައްދަލުވުމަށްފަހު އޭނާ ވަނީ ޖޭޕީން އިސްތިއުފާ ދެއްވާފައެވެ.

ރައިސް ސާލިހަށް ތާއީދުކުރައްވަން ނިންމެވި ޖޭޕީގެ އިސް ބޭފުޅުންގެ ތެރޭގައި ގާސިމްގެ ރަނިން މޭޓް އަމީން އިބްރާހިމްއާއި، ޕާޓީގެ ޑެޕިއުޓީ ލީޑަރު ސައުދާއި ތަރުޖަމާނު ޢަލީ ޞާލިޙާއި ކައުންސިލްގެ އިސް މެމްބަރުން ހިމެނެއެވެ. އަދި ބައެއް ބޭފުޅުން ވަނީ ޖޭޕީން ވަކިވެ އެމްޑީޕީއަށް ސޮއިވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން