އުތުރު ތިލަފަޅަށް ނޫސްވެރިން ބަޔަކު ހުއްދަނެތި އަރަން ދިޔަ މައްސަލައިގައި ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނީ ރާއްޖޭގެ މީޑިއާ ބަޔަކު އުތުރު ތިލަފަޅަށް ހުއްދަނެތި އަރަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމާއި ގުޅިގެން ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެންނެެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާދިއްތަ ދުވަހު އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެެ. އަދި އެމްއެންޑީއެފުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އެތަނުގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށާއި އެފަދަ ތަނަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެެއް ކަމަށެވެ. އެ މީހުން ހުއްޓުވަން މަސައްކަތް ކުރީ އެ ރަށުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސަރޖެންޓް ފަރސްޓް ކްލާސްގެ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަސްކަރީ މަރުކަޒުތަކަށް ހުއްދަނެތި ވަނުމަކީ އެހެން ގައުމުތަކުގައި ވެސް ސީރިއަސް މައްސަލަ އެއް ކަމަށެެވެ. ހުއްދަނެތި އެފަދަ އަމަލެއް ހިންގުމުން އެ މައްސަލަ ބަލަން އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ. އަދި އެއްވެސް ފަރާތަކުން އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރާ ސަރަހައްދު ފިޔަވާ ބާކީ ސަރަހައްދު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެ ތަނަށް އަރަން މަސައްކަތް ކުރީ އެތަނުގައި ހުރި ގޯތި ބެލުމަށް ކަމަށް ބުނެއެވެ. އެތަނަށް އެ ނޫސްވެރިން ދިޔައީ އުތުރުތިޅަފަޅުން ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެން ކަމަށް ބުނެއެވެެ.

ދާދިފަހުން ސަރުކާރުން ނޫސްވެރިންތަކެއް އުތުރުތިޅަފަޅަށް ގެންގޮސް އެތަން ނޫސްވެރިންނަށް ދައްކާލާފައި ވެއެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން