ފޮޓޯ: ސްޓެލްކޯ
ފޮޓޯ: ސްޓެލްކޯ
ޕީޕީއެމަކީ މީގެކުރީގައިވެސް އިންތިޚާބުތަކާއި ގުޅޭގޮތުން ޝަކުވާ ކުރާ ބައެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓާ އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޕީޕީއެމްއަކީ ކުރީގައިވެސް އިންތިޚާބުގެ އެކި ކަންކަމާ މެދު ޝަކުވާކުރަމުންދިޔަ ބައެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ރީރަޖިސްޓްރޭޝަން މަރުހަލާ އަކީ ހަމައެކަނި އެންމެ މީހަކު ކުރާ މަސައްކަތެއްގެ މައްޗަށް ކުރިއަށް ގެންދާ މަރުހަލާ ލއެއް ނޫން ކަމަށެވެ. މި މަރުހަލާގައި ގިނަ ބަޔަކު މަސައްކަތްކުރާއިރު، އިންތިޚާބު އޮޅުވާލުމުގެ ފުރުޞަތު ލިބިގެންނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރީ ރަޖިސްޓްރޭޝަނުގައިވެސް އިލެކްޝަންސް ކޮމިޝަނަކަށް މަކަރެއް ނުހެދޭނެ. ބޮޑު ގްރޫޕެއް އެއްވެގެން ކުރާ މަސައްކަތެއްގައި އެންމެންނަކަށް ވޯޓު ނުއޮޅުވޭނެ." ޝަރީފް ވިދާޅުވިއެވެ.

2 ދުވަސް ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރީ-ރަޖިސްޓްރީ ކުރިކަން ހާމަވުމުން އިދިކޮޅުން އެކަމާއި ސުވާލު އުފެއްދިއިރު އެޕާޓީން އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯދުމުން އެކަމާއި ސުވާލު ނުކުރައްވާ ކަމަށް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ޕީޕީއެމުން ހަގީގަތް އޮޅުވާލާ އާންމުންގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތް ކުރިޔަސް، އެކަމާއި ކަންބޮޑު ނުވާ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރާއްޖޭގެ އިންތިޚާބީ މަސައްކަތްތަކާއި ގުޅޭގޮތުން ކުރީގެ އިންތިޚާބެއް އޮބްޒާވްކުރި ބޭރުގެ ފަރާތްތަކުން އެކުލަވާލި ރިޕޯޓެއްގައިވެސް ރާއްޖޭގެ އީސީއަށް ތައުރީފުކުރައްވާ މި ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް ތައުރީފުކުރެއްވި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއިއެކު، އޭނާ ވަނީ އިދިކޮޅަށް ތާއީދުކުރާ މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާތީ އެކަމާއިވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

2018 ވަނަ އަހަރުގައި ބޭއްވި އިންތިޚާބާއި ބެހޭގޮތުންވެސް ޕީޕީއެމުން ޝަކުވާ ހުށަހަޅާފައި ވެއެވެ. އޭރު އީސީގެ ރައީސަކީ ޝަރީފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން