ފޮޓޯ: ސަންގު ނިއުސް
ފޮޓޯ: ސަންގު ނިއުސް
އަންނަ މަހުގެ 25ގެ ނިޔަލަށް ޓްރެފިކް ޖޫރިމަނާތައް މައާފުކޮށްދޭން އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓްރެފިކް ގަވާއިދާ ޚިލާފުވުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފްކުރުމަށް އެދި ޢާންމުކޮށް ހުޅުވާލި މި ފުރުޞަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދާދި ފަހުން އިއުލާންކުރެއްވި ނިންމުމެކެވެ.

ޖޫރިިމަނާ މައާފުކޮށްދެނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށް ގެންދާ 20 ގަޑިއިރުގެ ޕްރޮގްރާމް ފުރިހަމަކުރުމުގެ ޝަރުތު ހަަމަވާ ފަރާތްތަކުގެއެވެ.

5 މޭގައި ރައީސް ނިންމެވި މި ނިންމެވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވާގޮތުން ނޮވެމްބަރު 2018 އިން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާއި ދޭތެރޭގައި ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ސިމްސް ޕޯޓަލް މެދެވެރިކޮށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން މައާފުކޮށްދޭ ޓްރެފިކް ޖޫރިމަނާތަކަކީ ލައިސަންސް ނެތި ދުއްވުމުގެ ޖޫރިމަނާތައް، ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ، އުޅަނދުގައި ހުންނަން ޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުން ކުރުމުގެ އިތުރަށް ޓެކްސީއާ ގުޅޭ ގޮތުން ކޮށްފައިވާ ޖޫރިމަނާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން