މިމަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރި ވިއްސާރާގައި ގެއްލުންވި 84 ގެއަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނީ މިމަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކަށް އުދައަރުމާ ބޯވާރޭގެސަބަބުން ފެންބޮޑުވެ ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށެވެ. މިހާތަނަށް 84 ގެއަކަށް އެހީތެރިވެފައިވާކަމަށާ، ވިއްސާރާގައި އިތުރު ގޭގެއަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މިމަހު ކުރި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ގޭގޭގެ ތަފްސީލަށް ބަލާއިރު ޅ.ކުރެންދޫން 66 ގެއަކަށް ވަނީ ގެއްލުންވެފައެވެ. އަދި އއ.އުކުޅަހުން 15 ގެއަކަށާއި އެއަތޮޅު ފެރިދޫ ގެއަކަށާއި އައްޑޫސިޓީ ފޭދޫގެ 2 ގެއަކަށް ގެއްލުންވެފައިވާކަން އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
މިގޭގެއަށް ލިބުނު ގެއްލުންތަކަށްބަލާއިރު ގޭގޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރުތަކަށް ފެނުގެ އަސަރުކޮށްގެން ތަކެތި ހަލާކުވުމާއި އެނޫވެސް ބައެއް ގެއްލުންތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު