ދެވަނަ ދެބޯގެރިއަށްވެ އުތުރުތިޅަފަޅުގެ ވާހަކަ ވެސް ތިޔައީ ޗޮކުން ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެެެއް ދެއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް މިހެން ވިދާޅުވީ އުތުރު ތިޅަފަޅާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެެވެ. އެގޮތުން އުތުރު ތިޅަފަޅުގައި އަސްކަރީ ބޭނުމަށް ގިނަ އަދަދެއްގެ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު އެކި ވާހަކަތަށް ފަތުރަމުންނެެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ދާދިފަހުން ބޭއްވި ކެމްޕޭން ހަރަކާތެެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވެފައިވަނީ އަސްކަރީ ބޭނުމެއްގައި ސިފައިންގެ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ. ރައީސް ވަނީ އިންޑިޔާ ސިފައިން ތިބި ކަަމަށް ބުނާ އުތުރު ތިލަފަޅުން ގޯތި ދޭން ނިންމައި ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް އިއުލާން ކުރަށްވާފައެވެ.

އެކަމަށް އިޝާރަތް ކުރަށްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ "ސިޔާސީ ޗަރުކޭހުގެ ދެވަނަ ދެބޯގެރި، އުތުރު ތިޅަފަޅު ވެސް ދިޔައީ ޗޮކުން" ކަމަށެވެ.



މައުސޫމް ވަނީ ރައީސް ސާލިޙު ނޫން ގޮތެެއް މިފަހަރު ނެތް ކަމަށް ވިދާޅުވެފައެވެ.

ދެބޯގެރި ދުއްވުމޭ ބުނެ އުޅެނީ ކަމުގެ އަސްލު އޮޅުވައިލުމަށް ބޮޑުކޮށްގެން އެހެން ވާހަކައެއް ފެތުރުމަށެވެެ. ވަކި މީހަކު ރުއްސުމަށް، ބަޔަކު ހިތްހަމަޖެއްސުމަށް ދައްކާ ވާހަކައެއްގެ ގޮތުގައި ދެ ބޯގެރި ދުއްވުމޭ ބުނެ އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން