ސަރުކާރުން އެންމެފަހުން އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ފްލެޓްތަކެއް ހާއްސަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ސަރުކާރުން ބުނީ ސަރުކާރުން މާލެ ސަރަހައްދުގައި 6000 ފްލެޓް އެޅުމަށް ސަރުކާރުން އެންމެފަހުން އިއުލާންކޮށްފައިވާ ސްކީމްގެ ތެރެއިން 300 ފްލެޓް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރުމަށް ރައީސް ސާލިހު ނިންމަވާފައިވާކަމަށެވެ.

މިއީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފްލެޓް ހާއްސަކުރި ފުރަތަމަ ފަހަރެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށް މި ފްލެޓްތަކަށް ކުރިމަތިލެވޭނެކަމަށާއި އެކަމާއި ގުޅޭ އުސޫލު މިރޭ އާއްމުކުރާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފްލެޓް ދޫކުރާނީ މި މަޝްރޫޢުގެ ތެރެއިންނެވެ.

ސަރުކާރުން ބުނީ މިއީ މާލެ ސަރަހައްދުގައި އަޅާ ފްލެޓްތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން