ރާއްޖޭގައި ބޭއްވި ރާޅާއެޅުމުގެ މުބާރާތެއް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު
ރާއްޖޭގައި ބޭއްވި ރާޅާއެޅުމުގެ މުބާރާތެއް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު
ސާފިން ކުރިއަރުވަން މިސަރުކާރުން ކުރި މަސައްކަތާއި ގާތަށްވެސް ބަޔަކަށް މަސައްކަތް ނުކުރެވޭނެކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން މިދިޔަ 5 އަހަރު ހޯދާފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން ކުރައްވަމުން ގެންދަވާ ޓްވީޓްތަކުގެ ތެރެއިން ރާޅާއެޅުން ނުވަތަ ސާފިންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ހިއްސާކުރައްމުންނެވެ.

މަހްލޫފް ޓްވީޓްގައި ވަނީ ކުޅިވަރުގެ ސާފިންގެ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި އެ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރައްވާފައެވެ.



މަހްލޫފް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރާޅުގަނޑު ސަރަހައްދު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެއީ ނޭޝަނަލް ސާރފިން ސްޓޭޑިއަމް ގެގޮތުގައި 9 މެއި 2023 ގައި ކެބިނެޓުން ފާސްކުރުން ހިމެނެއެވެ. އަދި އޭޝިއާގެ އެންމެ ބޮޑު ސަރފިން މުބާރާތް ތުލުސްދޫގައި ބޭއްވުމާއި ދިވެހި ސަރފް ލީގު ތައާރަފްކުރެވި، ރާއްޖޭގެ އެކި ރަށްރަށުގައި ލީގު ބާއްވަން ފެށުންވެސް މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

މި ނޫންވެސް އެތައް ކަމެއް ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ ސަރފިންގ ކުރިއަރުވަން މިސަރުކާރުން ކުރި މަސައްކަތާއި "ވައިވެސް އެޅިލާ ހިސާބަށް" ބަޔަކަށް ނާދެވޭހާ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ.

ރާޅާއެޅުމުގެ އިތުރުން އެހެން ކުޅިވަރުތަކުންވެސް ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަކީ މީގެކުރިން ހޯދާފައިވާ ކުރިއެރުންތަކާއި އަަޅާބަލާއިރު ވަރަށް ބޮޑެތި ކުރިއެރުންތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި މިދިޔަ 5 އަހަރު ތެރޭގައި ވަކި ކުޅިވަރަކަށް އިސްކަން ދިނުމުގެ ބަދަލުގައި ހުރިހާ ކުޅިވަރެއްވެސް ކުރިއަރުވަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން