މިވަގުތަކީ ބައެއްގެ ފިތުނައިގައި ނުޖެހި އެންމެން އެއްބައިވާންވީ ވަގުތު ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެއާއެކު އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭންގެ ވާދަވެރިކަން ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެހެންކަމުން އެޕާޓީގެ ތާއިދު ހޯދުމަށް ރައީސް ސާލިޙާއި އިދިކޮޅުގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޓީމުގެ ފަރާތުން ވެސް ގެންދަނީ ލޮބީ ކުރަމުންނެެވެ.

ރިިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، ޑިމޮކްރެޓްސް ގެ ބައެއް އިސް ބޭފުޅުން މިއަދު ރައީސް ސާލިޙު ނޫން ގޮތެއް ހޯދަން ބޭނުންކަމަށް ބުނަމުން ދިއުމަކީ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫންގޮތެއް ކަމަށް ބުނަން ދެވޭ ޖާގައެއް ކަމަށެވެ. އަދި މިއީ ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތަކީ އެމްޑީޕީ އާއި ޚިޔާލު ތަފާތުވާ ފަރާތްތަކުން އޮތް ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފަންވީ ވަގުތު ކަމަށެވެ.



"މިއީ ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު، ބައެއްގެ ފިތުނައިގަ ނުޖެހި އެއްބައިވާންވީ ވަގުތު." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް ވަނީ ނިންމާފައެެވެ. އެޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިި ވަނީ ވާދަކުރައްވާފައެވެެ. އެގޮތުން އިންތިހާބުގައި 3 ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ ޑިމޮކްރެޓްސް ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސް ވަނީ 15000 އަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން