ޒަހީނުއްދީން ސަޢީދު   26 ސެޕްޓެމްބަރު 2023 - 4:53
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

މޫސާ ސިރާޖު ޕީޕީއެމަށް ސޮއިކުރެއްވީ ލ. ގަމު އާބާދު ސަރަހައްދުގައި މިރޭ ބޭއްވި ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިނު ޖަލްސާގައެެވެ. ސިރާޖު ޕީޕީއެމް-ޕީއެންސީއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޑރ. މުއިއްޒާއި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެެ.

ސިރާޖު ޕީޕީއެމަށް ސޮއިކުރެއްވުމާއެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލް ކުރާ މަޖިލިސް މެންބަރުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ. ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މޫސާ ސިރާޖް ފޮނަދޫ ދާއިރާއަަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭގައި މޫސާ ސިރާޖް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދު ކުރަން ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން