ނެދަލެންޑްސްގެ، ދަ ހޭގްގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި ގުރުއާން މުސްހަފް އެންދި މައްސަލަ ދިވެހި ސަރުކާރުން ކުއްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެމްބަސީތަކެއްގެ ކުރިމަތީގައި ގުރުއާން މުސްހަފް އެންދުމަށް ހިންގި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. އަދި މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރެވޭނެ ކަންކަން ނޫންކަމަށް ވެސް ބުނެފައި ވެއެވެ.



ސަރުކާރުގެ ބަޔާނުގައި ވަނީ ދީނީ ގޮތުން ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ގައުމުތަކުން ގާނޫނުތައް އެކުލަވާލަން ޖެހޭކަމަށް ބުނެފައެވެ.

ހޮނިހިރު ދުވަހު ނެދަލެންޑްސްގައި ގުރުއާން އެންދީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ނަފްރަތު އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ހަރުކަށި ޖަމާއަތެއްގެ ލީޑަރެވެ. އޭނާ ވަނީ ތުރުކީ، ޕާކިސްތާނު، އިންޑޮނޭޝިޔާ އަދި ޑެންމާކް އެމްބަސީ ކުރިމަތީގައި ގުރުއާން އަންދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން