އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރުވަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނެ ކަމަށެވެ.

ރައްޔިތުންނަށް ކަންކަން ފޮރުވައިގެން ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ވެރިކަމަށް އަންނަ ބަޔަކު ފޮރުވަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއް ވާނީ ފަސްބައި ސާފު، ހިދުމަތްކުރުމުގައި ދެފުށް ފެންނަ ސަރުކާރަކަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ އެއްކަމެއް ވެސް ނުކުރައްވާނެ ކަމަށެވެެ.



"އަޅުގަނޑު ވެސް ނުހުންނާނެ ޖަވާބުދާރީ ނުވެވޭ ކަމެއް، ކުރާނެ އެއްވެސް ކަމެއް ނޯންނާނެ، ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމް ކުރާނަން." މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިނިވަން މުވައްސަސާތައް ވެސް ވާނީ ހަގީގީ އަދި އަމަލީ ސިފަޖެހިގެންވާ މިނިވަން ތަންތަނަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޖުޑީޝަރީއަކީ ވެސް ނުފޫޒުން އެއްކިބާ ވެފައިވާ މިނިވަން ތަނަކަށް ބަދަލު ކުރެއްވުމަށް މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން