ކުރިން ދީފައިވާ 1 ކޮޓަރީގެ ފްލެޓުތައް ލިބިފައިވާ މީހުންނަށްވެސް އަލުން މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް އެދެވޭނެކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވަނީ މިހާރުވެސް ބޯހިޔާވެހިކަމުގެ އެތައް މަޝްރޫއެއް ފަށާފައެވެ. އަދި ބައެއް މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭ މީހުން ޔަޤީންވެފައިވާއިރު އަނެއްބައި މަޝްރޫޢުތަކުން ބޯހިޔާވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ މިހާރު ވަނީ ހުޅުވާލާފައެވެ.

އަކްރަމް ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓްތައް ކުރިން ލިބިފައިވާ މީހުންނާއި ކުރިން ފުލެޓް ލިިބިފައިވާ މީހުންގެތެރެއިން ލިބިފައިވާ ފުލެޓް ދޫކޮށްލަން ބޭނުންވާ މީހުންނަށް މިހާރު ފުރުސަތު އެބައޮތްކަމަށެވެ. އެފަދަ މީހުންނަށް އުތުރު ތިލަފަޅާއި މާލޭ ސަރަހައްދުގައި މިހާރު ހަދަމުންދާ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އެބައޮތްކަމަށްވެސް އަކްރަމް ވިދާޅިވިއެވެ. މީގެ އިތުރުން ދުވަސްވީ ކުދި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނާއި މާލޭގައި ސިނަމާލެ ފްލެޓުތައް ލިބިފައިވާ މީހުންނަށްވެސް މި ފްލެޓުތަކަށް ކުރިމަޔިލެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްްްސަލައަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި މިދިޔަ ހޮނިހިރުދުވަހު ސަރުކާރުން ވަނީ އެކަން ހާމަކޮށްފައެވެ.

މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދިނުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސަރުކާރުން ވަނީ ޕްރޮގްެރާމެއް ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން 15 ހާހަށްވުރެ ގިނަ މީހުންނަށް ގޯތި، އަދި 19 ހާހަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ހައުސިންގ މިނިސްްޓްރީން މިއަދު ބުނީ މާލެ ސަރަހައްުދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓު ދޫކުރަން އަނެއްކާވެސް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އިތުރު 6000 ފުލެޓާއި 4500 އަށްވުރެގިނަ ގޯތި ދޫކުރުމަށް މާދަމާގެ ކުރިން ހުޅުވައިލާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި ގޯތިތަކާއި ފްލެޓްތަކަށް ކުރިމަތިލުމަށް އެންމެ ލަސްވެގެން މާދަމާ އިއުލާންކުރާނެކަމަށެވެ. އަދި މިފަހަރު އިއުލާންކުރާއިރު ބައެއް މީހުންގެ ފަރާތުން މީގެކުރިން ހުށަހަޅާފައިވާ ޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން