އަހުމަދު އިބްރާހިމް   26 ސެޕްޓެމްބަރު 2023 - 14:11
މިމަހުގެ 17ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިކަމަށާ، އޭނާގެ ހާލު ރަނގަޅުކަމަށެވެ.



ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) ގެއްލިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހޯދަން ޢިއުލާންކުރީ މިމަހުގެ 19ވަނަ ދުވަހުއެވެ. 17ވަނަ ދުވަންފެށިގެން އޭނާގެ ޚަބަރެއް ނުވާކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން 17 ވަނަ ދުވަހު އޭނާ ގެއްލުނުކަމުގެ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފެށިއެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގެ ރަށްރަށުންވެސް މީހުން ގެއްލިގެން ފުލުހުން އެކަން ޢިއުލާންކުރުންވަނީ ޢާންމުކަމަކަށް ވެފައެވެ. އެފަދަ ގިނަމީހުން ގެއްލުނުކަން ޢިއުލާންކުރާތާ ދެތިންދުވަސްފަހުން އެމީހަކު ފެންނަކަމަށް ފުލުހުން ހާމަކުރެއެވެ. އެހެންނަމަވެސް މިވާގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން