ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ މީހުން މަސައްކަތް ކުރެއްވީ ތޭރި ޖެހި އޮފީހުގައި ކަމަށާއި މިހާރު ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެސީގެ ކުރިއެރުންތައް ފަހަތަށް ނުޖެއްސެވުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

ޔުމްނާ މިމެރުމުން ގޮވާލެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ބޭފުޅުންގެ މަތީން ހަނދަމަފުޅު އާކުރަށްވަމުންނެވެ. އޭގެ ތެރޭގައި ޔުމްނާގެ ބައްޕާފުޅު އަދި ރައީސް ޔާމީންގެ ބޮޑު ބޭބޭފުޅު، 30 އަހަރުގެ ވެރިކަމެއް ކުރެއްވި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ޔުމްނާގެ ކޮއްކޯފުޅު، ފާރިސް މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ.

ޔުމްނާ ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކުރި އޭރުގެ ސަރުކާރުން 3 ބާރު ޖަލަށް ލެއްވި ކަމަށާއި 4 ވަނަ ބާރު ކަމުގައިވާ ނޫސްވެރިންނަށްވެސް މިނިވަންކަން ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން، މިހާރު ޑިމޮކްރެސީގެ ހަޔާތުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ނުޖެއްސެވުމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުލެއްވުމަށް ޔުމްނާ އިލްތިމާސް ކުރެއްވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓަރކަން ކުރައްވަމުން ގެންދަވާ ޔުމްނާ މައުމޫން ގެންދަވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައި، އެމަނިކުފާނުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން