ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވްކުރުމަށްވެސް ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމެއް ހަރަކާތްތެރިވާނެކަމަށް ބުނެފިއެވެ.

ކޮމަންވެލްތުން ނެރުނު ބަޔާނެއްގައި ބުނީ ދެވަނަ ބުރުގެ ކަންކަން އޮބްޒާވްކުރުމަށް ފޮނުވާ ޓީމުގެ އިސްވެރިޔަކަށްވެސް ހުންނަވާނީ، ފުރަތަމަ ބުރުގައިވެސް ހުންނެވި ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފައުރޭކަމަށެވެ. ފައުރޭގެ އިތުރުން 6 ބޭފުޅަކު މި ޓީމުގައި ހިމެނެެވެ.



ކޮމަންވެލްތުން ނެރުނު ބަޔާނުގައި ބުނީ ފުރަތަަމަ ބުރުގައި ފެނުނުފަދަ އަމާންއޮމާން، މައްސަލަތަކެއް ނެތް އިންތިހާބެއް ފެންނާނެކަމަށް އުއްމީދުކުރާކަމަށެވެ.

ކޮލަންވެލްތުގެ ޓީމުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު ނެރޭ ފައިނަލް ރިޕޯޓް އާއްމުކުރާނީ އަންނަމަހުގެ 8 ވަނަ ދުވަހުއެވެ.

ކޮމަންވެލްތުން އިންތިހާބުގެ ފުރަތަމަ ބުރު އޮބްޒާވްކުރުމަށްފަހު ނެރުނު ބަޔާނުގައި ވަނީ މާބޮޑު މައްސަލަތަކެއް އިންތިހާބުގެ ތެރެއިން ކުރިމަތިނުވާކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން