ޢުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އުމުރާއަށް މީހުން ގެންދަން އެދި ހުށައަޅާ ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 8 ކަމަށެވެ. މިިއީ އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވައިލި ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިކަމަށް ކުރިން ދިން ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ރާއްޖެއިން ކޮންމެ އަހަރަކު ވެސް އަމިއްލަ ގްރޫޕްތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން