އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްއިން އުފެއްދި މި ކުންފުންޏަކީ އެމްއޭސީއެލްގެ ދަށުން ހިންގާ ވަކި ކުންފުންޏެކެވެ. މިއީ ރާއްޖޭގެ ވައިގެ ސަރަހައްދުގެ ހަރަކާތްތައް އިތުރުވަމުންދިއުމާޢެކު އެކަމަށް ޚާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރުން ދެކޭތީ އުފެއްދި ކުްނފުންޏެކެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަތުހަރުއެވެ.

މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ކުރާ ދަތުރުތައް ބަލައި، ދިރާސާކޮށް ރެގިއުލޭޓްކުރުން ހިމެނެއެވެ. ސަރުކާރުން މިހާރު ވަނި ވީއައިއޭގެ އެއަރ ޓްރެފިކް ޓަވަރާއި އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްއާ ހަވާލުކުރި މަސައްކަތްތަކަކީ މީގެކުރިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެއަރ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން ކުރަމުންދިޔަ މަސައްކަތްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން