ޒަހީނުއްދީން ސަޢީދު   27 ސެޕްޓެމްބަރު 2023 - 2:30
ބުދަ، ބުރާސްފަތި ބަންދު ނަމަވެސް އެ ދެދުވަހު ވެސް އައިޑީކާޑު ދޫކުރަން ނިންމައިފި

މާދަމާ އާއި ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދުވަހެއް ނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ނިންމައިފިއެެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާ އާއި ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދުދުވަސް ނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެެ. ކުރިއަށް އޮތް ސަރުކާރު ބަންދު ދެ ދުވަހުގައި 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަން ނިންމާފައިވަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބާއްވާތީ، ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށް ޑީއެންއާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް އެ އޮފީހުން ކުރާނެ ކަމަށް ޑީއެންއާރުން މައުލޫމާތުދެއެވެ.

ބުދަ ދުވަސް ބަންދު ވަނީ ކީރިތި ރަސޫލާގެ އީދުމީލާދީއާ ފާހަގަ ކުރުމުގެ ގޮތުންނެވެ. ބުރާސްފަތި ދުވަސް ބަންދު ކުރީ އީދުމީލާދީއާ ގުޅުވައިގެން ކަން ފާހަގަކުރެވެއެެވެ. އެހެންކަމުން ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ އަންނަ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން