"ބިންވެރިޔާ" ސްކީމުގެ ފުރަތަމަ ފިޔަވަހީގައި ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ނޮވެންބަރު ފަސްވަނަ ދުވަހުގެ ކުރީން ދީ ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި ވޮށްކޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ނޮވެންބަރު ފަސްވަނަ ދުވަހުގެ ކުރީން ގުޅިފަޅާއި ގިރާވަޅުފަޅުން ދޫކުރާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީ ހުރިހާ ފަރާތްތަކަށް ދީ ނިންމުން ކަމަށެވެ. އަދި އެ ރަޖިސްޓްރީވާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ނިމި ސަރުކާރުން ދޫކުރާ ރަޖިސްޓްރީ އަކަށް ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ގިރާވަޅުފަޅު ހިއްކާ ނިމުމާއެކު އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އެތަނުގައި ފެނާއި ކަރަންޓާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތް ވަގުތުން ފައްޓަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުޅުމާލެއިން ލިބުނު ގޯތީގައި ވީހާވެސް ބޮޑު ބައެއްގައި އިމާރާތް ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށެެވެ. އަދި އެ ގެތައް 10 ބުރިއަށް ނަގަން ހުއްދަ ދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ހުޅުމާލެއާ ގުޅިފަޅުން މިހާރު ގޯތި ކަނޑާ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން