ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭޕްރަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސް އޮކްޓޫބަރުން ފެށިގެން ދޭން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ނިންމަވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި "ވޮށްކޮޅު" ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ކުރާ މުވައްޒަފުންނާއި އެމަނިކުފާނު ބައްދަލު ކުރަށްވައި ކަންބޮޑުވުންތައް އައްސަވާފައިވާ ކަމަށެވެެ. ރައީސް ވިދާޅުވީ އެއާޕޯޓް އޭޕްރަންގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކެއް ކަމަށެވެެ. އެހެންކަމުން އަންނަ އޮކްޓޫންބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން އެ މުވައްޒަފުންނަށް ރިސްކު އެލަވަންސް ދޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެއާޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އޭޕްރަންގައި މަސައްކަތް ކުރާ ފަރާތްތަކަކީ ރިސްކު ތަކަކާއިއެކު މަސައްކަތް ކުރާ ފަރާތްތަކަކަށްވާތީ އެބޭފުޅުންނަށް ރިސްކު އެލަވަންސް އެއްް އޮކްޓޫންބަރ 1 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމުގެ ޔަގީން ކަން މިރޭ ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރައިގެ އެއްބައި ލިބޭގޮތް ހަދައިދިނުމަށް އެދިފައިވާ ކަމަށެެވެ. އެހެންކަމުން ކުރިއަށް އޮތްތާގައި މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ލިބޭގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން