ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދު ﷲ ޔާމީނަކީ ތާސް ކުޅޭއިރު ބަލިވާން ފެށީމާ މޭޒު ބަންޑުން ޖަހާލާ ވިސްނުން ގެންގުޅުއްވާ ބޭފުޅެއްކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދާމް މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސަރަނގު އާދާމް މަނިކު ވިދާޅުވީ އެމްޑީޕީގެ ސަރުކާރާއި އެހެން ސަރުކާރުތަކުގެ ތަފާތަކީ، އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރިވާނެ ސަރުކާރެެއް ނޫންކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ އަނިޔާއަކީ ހަމައެކަނި ޖިސްމާނީގޮތުން ދެވޭ އެއްޗެއް ނޫންކަމަށާއި، އެކި އެކިއެކި ގޮތްގޮތުން ވެރިންނަށް ރައްޔިތުންނަށް އަނިޔާ ދެވޭނެކަމަށެވެ. މިގޮތުން ޝަރުޢީ މަރުހަލާތަކަށް ނުފޫޒު ފޮރުވައިގެން މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ވެސް އަނިޔާއެއްްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އަނިޔާވެރި ކަންކަން ހިންގިކަން ފާހަގަކުރަމުން އާދަމް މަނިކު ވިދާޅުވީ މައްޗަންގޮޅީ އަވަށު އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރައީސް ޔާމީން އަރިހުގައި އޭނާ މަސައްކަތް ކުރެއްވިކަމަށެވެ. އަދި ރައީސް ޔާމީނަކީ ކޮންކަހަލަ ބޭފުޅެއްކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރަށްޓެއްސެއް އެއީ.. އަޅުގަނޑު މައްޗަންގޮޅީ އަވަށުގައި މަސައްކަތް ކުރެއްވިއިރު ވެރިޔަކަށް ހުންނެވީ ރައީސް ޔާމީން. ވަރަށް އެކުގައި އުޅުއްވި ބޭފުޅެއް. އެމަނިކުފާނުގެ ވިސްނުންފުޅު ހުންނަ ގޮތަކީ ރޭގަނޑު އިސްކޮށް ތާސްކުޅެން އިންނައިރު މޭޒު ބަންޑުން ޖަހާލަނީ" އާދަމް މަނިކު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އާދަމް މަނިކު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ދެންވެސް ރައްޔިތުންނަށް އަނިޔާވެރިވާނޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން