ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން އެމްޑީއޭއިން ނިންމި ނިމުން ބަލައިނުގަންނަ ކަމަށްބުނެ އެ ޕާޓީގެ މެމްބަރުކަމުން ފުރަހަނި ޝުޢައިބު ވަކިވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން، ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރި އެމްޑީއޭއިން ނިންމާފައިވަނީ އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، އެމްޑީއޭއާ ގުޅުނުތާ މާ ގިނަ ދުވަސްތަކެެއް ވެފައިނުވާ ފުރަހަނި ޝުޢައިބު ވިދާޅުވީ ދެވަނަ ބުރުގައި ވޯޓުލާން 72 ގަޑިއިރަށް ވެފައި ވަނިކޮށް، ރައީސް ސާލިހުއާއެކު އެމްޑީއޭއިން ހެދި ކޯލިޝަން ރޫޅާލުމަށްފަހު، އިދިކޮޅު ކެންޑިޑޭޓް ޑރ.މުޢީޒުއާއެކު ކޯލިޝަން ހަދަން އެމްޑީއޭ ނިންމި ނިންމުމުގެ ސަބަބުން އޭނާ ޕާޓީން ވަކިވެއްޖެކަމަށެވެ.

"އަޅުގަނޑަކީ ފިނޑިއެއް ނޫން. މެޗްގެ ފަހުހާފްގައި އިދިކޮޅު ޓީމަށް ކުޅެން ނާރާނަން. މެޗް ނިންމާނީ މޮޅުވެގެން އިރާދަކުރެއްވިއްޔާ ރައީސް އިބޫ 2 ވަނަ ބުރުގައި މުޢީޒުގެ މައްޗަށް ކުރި ހޯއްދަވާނެ" ޝުޢައިބު ވިދާޅުވިއެވެ.

ޝުޢައިބު ވިދާޅުވީ ރައީސް ސާލީހުއަށް މި އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކާ ސާބިތުކަމާއެކު ވަރުގަދަ އަޒުމްގައި، ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން