ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު ވޯޓުލާތީ މާލޭގެ މަގުތަކުގެ ކާރޫބާރު ބޮޑުވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެގޮތުން ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުދާ އުފުލާ އުޅަނދުތަކަށް ވޯޓުލާ ދުވަހުގެ ބައެއް ގަޑިތަކުގައި ނުދުއްވޭގޮތަށް ހަމަޖައްސަވާފައިވާކަމަށެވެ. މިކަމުގެ މަޤުސަދަކީ ވޯޓުލުމާއި އެއާ ގުޅިގެން ކުރިއަށްދާ ކަންކަމުގެ ވަގުތުގައި މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވިޔަނުދިނުމެވެ. އެހެންކަމުން ހޮނިހިރުދުވަހުގެ ހެނދުނު 06:00އިން ރޭގަނޑު 20:00އަށް ބައެއް ކަހަލަ އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.
އެގޮތުން މުދާ އުފުލާ އުޅަނދުތަކާއި ބަރުއުޅަނދުތައް ދުއްވުން އެގަޑިތަކުގައި ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ސަލާމަތީ ބާރުތަކުގެ އުޅަނދާއި ސަރުކާރުގެ އިދާރާތަކުގެ ޢާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު މީގެތެރެއިން އިސްތިސްނާވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު