އާ އޮނިގަނޑާއި އެއްގޮތަށް އިމާމުންގެ މުސާރަ އަންނަ ޖަނަވަރީ މަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެވެެ.

ރޭ ބޭއްވި ވޮށްކޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ރާއްޖޭގެ އިމާމުވެ ނަމާދު ކުރާ ފަރާތްތަކާއި މުދިމުންނާއި އެމަނިކުފާނު ބައްދަލު ކުރަށްވައި ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށެވެެ. އެގޮތުން އިމާމުންނާއި މުދިމުންގެ ކަންބޮޑުވުމަކީ އިމާމުންގެ ރަނގަޅު ގިންތި ކޮށްފައިވާ އޮނިގަނޑެެއް ނެތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އާ އޮނިގަނޑު އިއްޔެ ފާސްކޮށް، މިހާރު އެ އޮނިގަނޑު އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި އާ އޮނިގަނޑާއި އެއްގޮތަށް އިމާމުންގެ މުސާރަ އަންނަ ޖަނަވަރީ މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އާ އޮނިގަނޑާއި އެއްގޮތަށް މުސާރަ ޖަނަވަރީ މަހުން ފެށިގެން ލިބޭނެ ކަމުގެ ޔަގީންކަން ހުރިހާ އިމާމުންނަށް އަޅުގަނޑު މިރޭ އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ވަނީ ސިވިލް ސާވިސް ހިމެނޭހެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަޖަނަވަރީ މަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން