ފްލައިޓްތައް ގެނެސްގެން ބަނގުރޫޓް ވެފައިވާ ގައުމީ އެއާލައިން ކޮޅަށް ޖަހައިދެއްވާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލަކުގައި ބޭއްވި ރިޔާސީ ކެމްޕޭނުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ މިވަގުތު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮތީ ބަނގުރޫޓުވެފައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި މޯލްޑިވިއަން ގައުމު ފަހުރުވެރިވާ ފެންވަރުގެ އެއާލައިނަކަށް ހައްދަވާނެ ކަމަށެވެ. އެގޮތުން ޑރ. މުޢިއްޒު ވަނީ ވައިޑް ބޮޑީ އަދި ނެރޯ ބޮޑީ އެއާކްރާފްޓް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. '

"ޤައުމީ އެއާރލައިން ވަނީ ބަނގުރޫޓްވެފައި. ޤައުމީ އެއާރލައިން މިހާލަތުން ނަގައި ކޮޅަށް ޖަހައިދޭނަން. އަލުން ސީދާ ފުލައިޓުތައް ބޭރު ގައުމުތަކަށް އަޅުގަނޑުމެންގެ ޓޫރިޒަމްގެ މައި ޑެސްޓިނޭޝަންތަކަށް އަދި އިތުރު ޑެސްޓިނޭޝަންތަކަށް ވެސް ހުޅުވިގެންދާ ގޮތަށް ވައިޑް ބޮޑީ އެއާކްރާފްޓް އަލުން ގެނެސް އަދި ނެރޯ ބޮޑީ އެއާކްރާފްޓްތައް ވެސް އަލުން ގެނެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމީ އެއާލައިނަކީ ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް އަނެއްކާ ވެސް ހަދައިދޭނަން." ޑޜ. މުޢިއްޒު ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، މޯޅްޑިވިއަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮ ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެ ކުންފުނީގެ އޮނިގަނޑާއި މުސާރައާއި އިނާޔަތްތައް އެކަށޭނަ އިންސާފުވެރި ހަމައެއްގައި ގާއިމުކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަކީ އޮޕަރޭޝަނަލް ކަންތައްތައް ބެލެހެއްޓުމުގައި ބައިނަލްއަގްްވާމީ އުސޫލުތަކާއި މިންގަނޑުތަކަށް ހިނގަމުންދާ ތަނެއްގެ ގޮތުގައި ދަމަހައްޓާދޭނެ ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން