ދަ ޕްރެސް. އެމްވީ
ދަ ޕްރެސް. އެމްވީ
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ބުނީ، އެލަރޓް ނެރެފައިވާ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން