ތިލަފުށި ފަޅުގައި އޮއްވާ މިއަދު އަލިފާން ރޯވި ތެއުފުލާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ދޯނީގެ ކެޕްޓަން ފިހުމާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ވާލިޔާ 7 ނަމަކަށް ކިޔާ މިދޯނީގައި ހުޅު ހިފީ ތިލަފުށިން 20،000 ލީޓަރ ތެޔޮ އަޅައިގެން އިންޖީން ސްޓާޓް ކޮށްލި ވަގުތު ސްޕާކް ވެގެން ކަމަށް އެނގިފައިވާ ކަމުގައި އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ހާދިސާގައި ދޯނީގައި ތިބި 3 މީހުންގެ ތެރެއިން ކެޕްޓަނަށް އަނިޔާވިކަން ހާމަކުރަމުން އެމްއެންޑީއެފުން ބުނީ އޭނާގެ މޫނާއި ކަނާތު އަތް ކޮންމެވެސް ވަަރަކަށް ފިހިގެން އައިޖީއެމްޗަށް ގެންދެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް ފަހުން އެމްއެންޑީއެފުން ބުނީ އަލިފާންރޯވި ދޯނީހައި ތިބި 3 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަހުން މައުލޫމާތު ލިބުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން