ހަނގުރާމައިގެ މައިދާނަށް ވަދެފައި ނިކުމެގެންދާނީ ސާބިތުކަމާއި ކެރުންތެރިކަން ނެތް މީހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަަނަ ބުރު ބާއްވަން ދެ ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަމުން ގެންދިޔަ އެމްޑީއޭއިން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން ކުރެއްވި އެކްސްއެއްގައެވެ.

އޭނާ ކުރެއްވި އެކްސްގައި ވިދާޅުވީ ހަނގުރާމައިގެ މައިދާނަށް ނިކުމެފައި މައިދާނާއި ހަނގުރާމަވެރި ފައުޖާއި ފައުޖްގެ ކޮމާންޑަރު ދޫކޮށް ހަނގުރާމަވެރިޔާ ދާދިއުމަކީ އެ ހަނގުރާމަ ވެރިޔާގެ ސާބިތުކަމާއި ކެރުންތެރިކަން ނެތުން ކަމަށެވެ. އަދި އެއީ އަމިއްލައަށް ބަލި ގަބޫލުކޮށް އެ ހަނގުރާމަވެރިޔާގެ އަމިއްލަ ނަފްސްގެ ބަލިވުމެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެމްޑީއޭއިން މި ނިންމުން އިއުލާންކޮށްފައިވާއިރު، އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތްތަކުގައި އެ ޕާޓީގެ ލީޑަރ އަޙްމަދު ސިޔާމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެެހެން ނަމަވެސް ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތަކުން ސިޔާމް ނުފެންނާތީ ނޫސްވެރިން ވަނީ އެކަމާއި ގުޅޭގޮތުން ރައީސް ޞާލިހު އަރިހުގައި ސުވާލުކޮށްފައެވެ. ޖަވާބުގައި އޭރު އެމަނިކުފާނު ވިދާޅުވީ ސިޔާމަށް ޖަލްސާތަކުގައި ބައިވެރިވެޑައިނުގަނެވެނީ އޭނާގެ ބަލި ޙާލަތާއި ގުޅިގެން ކަމަށެވެ.

ނަމަވެސް ރޭ އެމްޑީއޭއިން ވަނީ އެމްޑީޕީ ކޯލިޝަނުން ވަކިވެ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމައި އެކަން އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން