ރާއްޖެއަށް މިހާ ބޮޑު ތަރައްގީއެއް ގެނެސްދެއްވި ރައީސަށް ދެވަނަ ދައުރެއް ދެއްވުމަށް ޝައިޚް އިލުޔާސް ޙުސައިން އެދިވަޑައިގެންފިއެވެ.

އިލްޔާސް މިފަައިން ވިދާޅުވީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިން ޓީމްތަކާއިއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލު ކުރެއްވުމުގައި އިލްޔާސް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙު ރާއްޖެއަށް ކުރިއެރުން ގެނެސްދެއްވީ ކުޑަ ރަށަކާއި ބޮޑު ރަށަކަށް ނުބަލައި ފަރަގުކުރުމެއް ނުބަހައްޓަވައި ކަމަށެވެ.

"ކުދިބޮޑު އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ބޭފުޅަކު ކޮށް ނުދެއްވާހާ މިންވަރަށް މިންނެތް މަސައްކަތް އެ ކޮށްދެއްވީ." އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް އިލްޔާސް ވިދާޅުވިގޮތުގައި ޕީޕީއެމް ސަރުކާރުގައި ހިނގި އަނިޔާވެރިކަމުން އޭނާ ސަލާމަތްކުރައްވަން އެމްޑީޕީން މޭނާގެ އަތުގައި ހިފައިގެން މަސައްކަތް ކުރި ކަމަށެވެ. އަދި ހަމައެއާއިކު، ރައީސް ޞާލިޙު ވެރިކަމާއި ހަވާލުވި ހިސާބުން ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގައިވެސް ހިކުމަތްތެރިކަމާއި އެކީ ވެރިކަން ކުރެއްވި ކަމުގައި ޝައިހް އިލްޔާސް ފާހަގަކުރެއްވިއެވެ.

"ދެ އަހަރު ލިބުނީ، އެ ދެ އަހަރުގެ ތެރޭގައި ރައީސް ދެއްކެވި މިންނެތް މަސައްކަތް، ހިކުމަތު އަމަލީ، ކެތް ނުކުރެވިގެން އަޅުގަނޑު ރައީސްގެ އަރިހުގައި ދެންނެވިން ކިހިނެއްތޯ އޭ ހައްދަަވަނީ. ރައީސް ވިދާޅުވީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ވިދާޅުވީ ޝައިހް އެއް ނޫންހޭ." އިލްޔާސް ވިދާޅުވިއެވެ.

އެހެންކަމުން، ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވަން އެންމެން އެކަތިގަނޑަކަށްވެ ތިބެ މަސައްކަތް ކުރެއްވުމަށް ޝައިހް އިލްޔާސް އިލްތިމާސް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން