ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ހެދި ކޯލިޝަން އެމްޑީއޭއިން ރޫޅާލައި، އެ އިންތިހާބުގެ ދެ ވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމި ނިއްމުމަކީ ހުތުރު އަމަލެއް ކަމަށް ވިދާޅުވެ އެ ނިއްމުމަށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެެ.

އެމްޑީޕީ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހަދާފައި އޮތް ކޯލިޝަނުން ވަކިވާން ނިންމީ ރޭ ބޭއްވި އެމްޑީއޭ ކައުންސިލް ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްވީ ކައުންސިލްގެ 33 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެެވެ.

އެ ނިއްމުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުން އައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި ހުތުރު އަަމަލެއް ކަމަށެވެ.





"އަދި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަކަށް ނުދެކެން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި ޝިފާޒް ވިދާޅުވިއެވެ.

އެމްޑީއޭއިން، ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމާފައިވާއިރު އޭނާއަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހު ދޫނުކޮށްލައްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



އެމްޑީޕީއާއެކު ކޯލިޝަންގައި މިހާރު އޮތީ ސަރުކާރުގެ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އެކަންޏެެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންްނަ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން