އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އަޣުލަބިއްޔަތު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކެމްޕޭނަށް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންެނެވެ.



ރައީސް ވިދާޅުވީ ދެވަނަ ބުރުގައި ދެކުނުގެ ތިން ސިޓީއިން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެެ. އެގޮތުން ދެކުނުގެ ތިން ސިޓީ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫއިން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވިސްނެނީ މި ތިން ސިޓީއިން ވެސް ކުރިއާ އަޅާ ބަލާއިރު ބޮޑު ތަފާތެއް ފެނިގެންދާނެކަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ ކޯލިޝަނުން ވަކިވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެެ. އެމަނިކުފާނު ވިދާޅުވީ އެމްޑީއޭއަށް އެ ނިންމުން ނިންމުނީ އެންމެ ރަނގަޅު ވަގުތުގައި ނޫންކަން ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެެ. އަދި އެމްޑީއޭ ކޯލިޝަނުން ވަކިވި ނަމަވެސް އެމްޑީޕީގެ ކެމްޕޭނަށް މާބޮޑު ހުއްޓުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އޮތީ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށެވެ. އަދި ބޮޑު ކެމްޕޭނެއް ކުރިއަށްދާއިރު ދިމާވާ ހުރަސްތައް ނައްތާލަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އިރާދަކުރެވިއްޔާ އެބައޮތް ހަމަ ތަފާތުކޮށް މި އިންތިހާބު ނެގޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން