އެމްޑީޕީއާއި މެދު ހިތްހަމަނުޖެހޭ ކަމެއް އޮތަސް ޕީޕިއެމަށް ވެެރިކަން ފުރޮޅާލަން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ، އޭނާ އަކީ މައިދާނުން ފިއްލަވާނެ ބޭކަނބަލެއް ނޫން ކަމަށާއި ކިތަންމެ ހަމަލާއެެެއް ދިނަސް ނުސިހޭނެ ކަމަށެެވެ. އަދި އޭނާ ފަހަތަށް ވެސް ނުޖެެއްސޭނެ ކަމަށާއި ދޫ ވެސް ބަންދު ނުކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވީ ރައީސް ޔާމިން ދިވެހި ރައްޔިތުންނަށް "އަނިޔާ" ދިންއިރު ޑރ.މުޢިއްޒު އިންނެވީ އެ ހުރިހާ "އަނިޔާ"އެއްގައި ބައިވެރިވެވަޑައިގެން އެމަނިކުފާނުގެ ކެބިނެޓްގައި ކަމަށެވެެ. ރައީސް ޔާމިންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުޢިއްޒަކީ އަނިޔާއަށް ބޮޑުތަނުން ވާގިވެރިވެގެން އިންނެވި ފަރާތެެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަށްވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން