ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި އެމްޑީއޭގެ ނިންމުން ބަލައިގަންނަ ކަމަށާއި މި ނިންމުމާ ގުޅިގެން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީންއާއި އިދިކޮޅު ލީޑަޝިޕާއި އާންމު މެމްބަރުންގެ ނަމުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އެ ޕާޓީގެ ލީޑަޝިޕް އަދި ކައުންސިލް މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީއޭ އިން އެންމެ ފުރަތަމަ ކޯލިޝަން ހެދީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއެކު އެެވެ. އެހެން ނަމަވެސް އެމްޑީޕީ އާއެކު ހެދި ކޯލިޝަން ރޫޅާލައި އިދިކޮޅު ކެންޑިޑޭޓް ޑރ.މުޢިއްޒަށް ތާއިދު ކުރަން އެމްޑީއޭ ކައުންސިލުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން