ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބްލެކް ލިސްޓުކުރި މައްސަލަ އިމިގްރޭޝަނުން ބަލަން ފަށައިފި އެވެ.

އިމިގްރޭޝަނުން މީޑިޔާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެ އިދާރާގެ ތެރެއިން، ލަންކާގެ ރައްޔިތެއް ކަމަށްވާ ސްކީލަން އަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެެވެ. އަދި އެކަން ސަމާލުކަމަށް އައި ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ދޮންމަންމާފުޅު ސްކީލަންއާ ބެހޭގޮތުން ދާދިފަހުން ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން ޑޮކިއުމަންޓްރީ އެއްގައި ބުނެފައިވަނީ ސްކީލަން ރާއްޖޭން ފުރައިގެން ދިއުމާއެކު އޭނާއަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަދާފައިވަނީ "އިލީގަލް ރެކްރޫޓްމަންޓް" ނުވަތަ ގާނޫނާ ހިލާފަށް ރާއްޖޭން ބޭނުން މީހުން ގެންނަ ކަމަށް ތުހުމަތުކޮށް ކަމަށެެވެ.

އެހެން ނަމަވެސް އޭނާގެ އެފަދަ މައްސަލަ އެއް ރާއްޖޭގެ ކަމާ ބެހޭ އިދާރާ ތަކަށް ހުށައަޅައިގެން ތަހުގީގުކޮށްފައިނުވާ ކަމަށް އެނގިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން