އިރެއްގައި އަދާލަތުގެ މެންބަރަކަށް ވުމަކީ ތާ އަބަދު އެމީހަކަށް އެ ހައިޡިއްޔަތު ލިބޭނެ ކަމެއް ނޫން ކަމުގައި އެ ޕާޓީއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ އަދާލަތު ޕާޓީގެ ބައެއް ގޮފިތަކުގެ މީހުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވާ ކަމަށް ފެތުރޭ ވާޙަކަތައް އަދާލަތު ޕާޓީން ދޮގުކޮށްފައި ވަނިކޮށެވެ.

ޑރ. އިޔާޒް ވިދާޅުވީ އަދާލަތު ޕާޓީގެ ބައިވަރު މެންބަރުން ޕާޓީން ވަކިވެގެން ގޮސްފައިވާ ކަމަށާއި މިހާރު އެ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުގައި އެއިން ކޮންމެ މީހަކު ވާހަކަދައްކަން ވެއްޖެއްޔާ ސަލާމަތެއް ނޯންނާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ހުރިހާ ގޮފިތައްވެސް ތިބީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެއްކޮށް ޡާބިތު ކަންމަތީގައި ކަމަށާއި ދުޢާ އަކީ 30 ސެޕްޓެމްބަރ ގައި އޮންނަ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން މިހާރުގެ ރައީސަށް ކާމިޔާބުވުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީ ހެދި ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ދެވަނަ ބުރުގައި ޑރ. މުޢިއްޒަށް ތާއީދުކުރަން ނިންމި ނަމަވެސް އަދާލަތު ޕާޓީން ބުނީ އެ ޕާޓީން ރައީސް ޞާލިޙު ނޫން ފަރާތަކަށް ތާއީދުނުކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޑރ. މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން