ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ
ބޭރު ކުންފުނިތަކަކުން ގިނަ އަދަދެއްގެ މުދާ ގެނައުމަށްފަހު މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި އިންޓަޕޮލް އިން ރެޑް ނޯޓިސް ނެރެފައިވާ މއ. ހަނީސަކްލް-1 ޙުސައިން ޝިފާޢު އެނބުރި ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޝިފާޢުއަށް ދައުވާކުރި ފަހުން ފިލައިގެން ގޮސްފައިވާތީ އޭނާ ހޯދުމަށް އިންޓަޕޮލް ރެޑް ނޯޓިސް ނެރުމުން އޭނާ އަމިއްލައަށް ރާއްޖެ އެނބުރި އައިސްފައިވާ ކަމަށެވެ. އަދި އޭނާ އެނބުރި އައުމުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެއަށްފަހު، ޝަރުތުތަކަކާއިއެކު އޭނާ ދޫކޮށްލި ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

އޭނާގެ މައްޗަށް ދައުވާކުރަނީ އިތުރު މީހަކާ ބައިވެރިވެގެން "ކިންގްޑަމް އޮފް ފުރުޓްސް" ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެމުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ 23 ދައުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާއާއި، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއެކެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން