އަހުމަދު މަސްނޫމް   28 ސެޕްޓެމްބަރު 2023 - 23:4
ަރައީސް ސާލިހު ރާއްޖޭގެ ފަންނާނުންތަކަކާއެކު - ފޮޓޯ: މިހާރު
ަރައީސް ސާލިހު ރާއްޖޭގެ ފަންނާނުންތަކަކާއެކު - ފޮޓޯ: މިހާރު
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރާކަން ރާއްޖޭގެ ގިނަ ފަންނާނުންތަކެއް ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު ފިލްމީ ފަންނާނުންނާއި, މިޔުޒިކީ ގިނަ ފަންނާނުންނާއި, ފޮޓޯގްރާފަރުންނާއި, އާޓިސްޓުން ތިބިކަން ހާމަކުރީ މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ބޭއްވި ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރައްވާ, ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ތިބިކަން ހާމަކުރި ފަންނާނުންގެ ތެރޭގައި ފިލްމީދާއިރާއާއި, މިޔުޒިކީ ދާއިރާއާއި އާޓިސްޓްންގެ ތެރެއިންވެސް އެންމެ ފުންނާބު އުސް ފަންނާނުން ހިމެނޭކަމަށް އެމްޑީޕީން ބުނެއެވެ.

ފަންނާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ގިނަ ބަޔަކު ނެރެދެއްވުމަށް ބާރު އަޅުއްވައިދެއްވުމަށެވެ. ފަންނާނުން ވަނީ އެކަން ކޮށްދެއްވާނެކަމާއި, ރައީސުލްޖުމްހޫރިއްޔާއަށް ވޯޓް އިތުރުކޮށްދެއްވަންވެސް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ މިހިނގާ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި, ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިން ދައުރުކަން ފަންނާނުން ފާހަގަކުރާކަމަށެވެ.

މިދައުރުގެ ތެރޭގައި މިސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާ ބޭނުންކުރަން ފެށުން ހިމެނޭ. ޒަމާނީ އޮލިމްޕަހުގައި ވަނީ 72 ފިލްމް ޝޯވ އާއި 21 މިޔުޒިކް ޝޯވ ދައްކާފައެވެ. އޮލިމްޕަސް ތަރައްޤީކޮށްފައިވަނީ ފަންނާނުން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމްތަކާއެކުއެވެ. ޒަމާނީ އޮލިމްޕަސް ތަރައްޤީކުރިފަހުން އެތަން 1500 އަށްވުރެ ގިނަ ފަންނާނުން ޕްރެކްޓިސްއަށް ބޭނުންކޮށްފައިވެއެެވެ.

ފަންނުވެރިންގެ ކުރިއެރުމަށް ފަހިކޮށްދެއްވި ފުރުޞަތުތަކުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ ބައިނަލްޤްވާމީ ހަރަކާތުން 400 އަށްވުރެ ގިނަ ފުރުޞަތު ފަހިކޮށްދެއްވުން ހިމެނޭ. މީގެއިތުރުން ފަންނުވެރިންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ގެންދަވަނީ ފޯރުކޮށްދެއްވަމުން.

އާރޓް ގެލެރީގެ ޚިދުމަތް ފުޅާކުރައްވާ 31 އަށްވުރެ ގިނަ މައުރަޒު މިދަރުގެ ތެރޭގައި ވަނީ ބާއްވާފައި. އެފުރުޞަތުތަކުގެ ބޭނުން 500 އަށްވުރެ ގިނަ ފަންނުވެރިން ވަނީ ހިފާފައި. އަދި 120,000 އަށްވުރެ ގިނަ މީހުން ފަންނުވެރިންގެ މަސައްކަތްތައް ދެކިލަން ޒިޔާރަތްކުރި.

ފަންނާނުންގެ ކުރިއެރުމަށް, ފަންނުވެރިންގެ ދާއިރާއަށް ޚާއްޞަކޮށް ކުރިއަށް އޮތް ދައުރަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ފަންނާނުގެ އަޑު އަހައިގެން މުހިއްމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައި.

އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ އިންޓަރނޭޝަނަލް ޕްރޮމަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ޤާނޫނެއް ވުޖޫދުކުރުން ހިމެނެއެވެ. އަދި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތްކުރާނެ މާހައުލުތައް ޤާއިމްކުރުމާއި, ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލުމާއި ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދެއްވުން ހިމެނޭކަން އެމްޑީޕީން ފާހަގަކުރެއެވެ.

މާލީ އެހީތެރިކަން ފޯރުކޮށްދީގެން ފަންނާނުންނަށް ފުރުޞަތުތައް ހުޅުވާލުމަކީ މެނިފެސްޓޯގައި ހިމަނާފައިވާ މުހިއްމު ވައުދުތައްކަމަށްވެސް އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން