އައްޑޫ ސިޓީ މަރަދޫގައި މީހަކު ބަނދެފައި، ފޭރުނު މައްސަލައިގައި މީހަކު ހައްުޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރު ކަމަށާއި، ފޭރިގަނެފައިވަނީ 81 އަހަރުގެ އުމުރުން ދުވަސްވީ މީހަކު އެމީހާގެ ގޭގައި ހުއްޓާކަމަށެވެ. އޭނާ އަތުން ފޭރިގަނެފައިވަނީ ޓީޝާޓަކުން އޭނާ ބަނުމަށްފަހު ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ އަތުން ފޭރުނީ ކޮންއެއްޗެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެެެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި އުުމުުރުން ދުވަސްވީ މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުޤީޤްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން