ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި، އަދި އިންތިހާބުގައި 4 ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވި އުމަރު ނަސީރުގެ ރަނިންމޭޓް، އަހުމަދު ސަލީމް (މާޒް ސަލީމް) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް ސާލިހަށް ތާއިދުކުރެއްވުމަށް ނިންމެވި ސަލީމަކީ މިފަހަރުގެ އިންތިހާބުގައި އެންމެ ހައިރާންކުރަނިވި ކާމިޔާބެއް ހޯއްދެވި ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓްގެ އިތުރުން އޭނާގެ އެންމެ އަރިސް އެކަކެވެ.

ރައީސް ސާލިހަށް ތާޢީދުކުރަން ނިންމެވުމަށްފަހު މާޒް ސަލީމް މިއަދު ވަނީ ރައީސް ސާލިހާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ހަރަކާތެއްގައިވެސް ބައިވެރިވެފައެވެ.

މާޒް ސަލީމްގެ ތާއީދު ރައީސް ސާލިހަށް އޮތްކަން ހާމަކޮށްފައިވާއިރު، އޭނާގެ ކެންޑިޑޭޓް އުމަރު ނަސީރު ނިންމަވާފައިވަނީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.

ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރުއަށް ލިބިވަޑައިގަތީ 6343 ވޯޓާއެކު އިންތިޚާބުގެ 4ވަނައެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 2.87 އިންސައްތަ ވޯޓެވެ.

އުމަރުގެ ރަނިންމޭޓްގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓް އަމީން އިބްރާހިމްވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން