ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ޑިމޮކްރެޓްސް ޕާޓީއާއި ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ހުޅުމާލޭގައި މިއަދު އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ޕީޕީއެމް އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ފަހުން ހިތާމަކޮށް، ކަރުނަ އަޅައި ރޯން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ވެރިކަމެއް އިއާދަނުވުމަށް މަސައްކަތް ކޮށްދިނުމަށް ޑިމޮކްރެޓްސަށް އިލްހާމް ވަނީ ގޮވާލައްވާފައެވެ.

އިލްހާމް ވިދާޅުވީ ރައީސް ސާލިޙާއި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވެ އެ ދެބޭފުޅުންގެ މެދުގައި ނުތަނަވަަސް ކަމެއް އުފެދިފައިވާ ކަމަށެވެ. އެ ދެބޭފުޅުންގެ ދެެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަަބަބުން ރާއްޖޭގެ ރައްޔިތުންނަށް އަނިޔާ އާއި އުނދަގުލާއި ދުއްތުރާ އަދި ޖަލުގެ ގޮޅިތައް ފެންނަ ފަދަ ނުތަނަވަސްކަމަކަށް ވެގެން ނުވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަމިއްލަ މަސްލަހަތަަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ. މިއެއް ނޫންތޯ ރިއަލިޓީއަކީ؟" ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމު އަދާކުރެއްވި އިލްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްހާމް ވިދާޅުވީ ޕީޕިއެމަށް ވެރިކަން ލިބިއްޖެނަމަ ރަށްރަށުގައި ތިބި މީހުން، މާލޭގައި ތިބި މީހުން ހިތާމަ ކުރާނެ ކަމަށެެވެ. އެހެންކަމުން ރައީސް ނަޝީދަށް އިޝާރަތް ކުރައްވައި އިލްހާމް ވަނީ ގޭތެރެއިން އަންނަ ނުތަނަވަސްކަމެއްގެ ސަބަބުން، އެފަދަ ފުރުސަތެއް ނުދިނުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން