ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަކީ ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީންގެ އާދޭހެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިރޭ އާންމުކުރި ވީޑިއޯ މެސެޖެއްގައި ކުރީގެ ރައީސް ޔާމިންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ވިދާޅުވީ ޔާމީންގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އެމަނިކުފާނު އެންޑޯޒްކުރަށްވާފައިވާ ޑރ. މުއިއްޒަށް ހުރިހާ ރައްޔިތުން ވޯޓު ދިނުން ކަމަށާއި މި ވޯޓުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހިންގެ ރާއްޖެ އަނބުރާ ދިވެހިންނަށް ލިބުން ކަމަށެވެ.

އަދި މި ވޯޓުގެ ނަތީޖާއިން ޔާމީން ފެއްޓެވި ގައުމީ ތަރައްގީ ވެސް އަލުން އިޔާދަވާނެ ކަމަށާއި ދިވެހިންނަށް ހަގީގީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށްވެސް ފާތުން ވިދާޅުވި އެވެ. ޔާމީންގެ މިިނިވަންކަމާއި ވެސް މި ވޯޓު ގުޅިފައިވާ ކަމަށާއި މުއިއްޒަށް ދެއްވާ ވޯޓަކީ ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބި އަދި އެމަނިކުފާނަށް ލިބިގެންދާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް އެންމެ ފަހި މަގު ކަމަށް ފާތުން ވިދާޅުވި އެވެ.

މީގެއިތުރުން އެކަމަނާ ވިދާޅުވީ ރާއްޖެއާއި ދިވެހިންގެ ހައްގުގައި ޔާމީން މަސައްކަތް ނުކުރެއްވި ނަމަ އެމަނިކުފާނު މިއަދު ޖަލުގައި ނުހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އެމަނިކުފާނު ނިކުމެވަޑައިގަތީ ދިވެހިންގެ ހައްގުގައި ކަމަށް ވެސް ފާތުން ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ރައީސް ޔާމީން ދިވެހީންނަށް ގެނެސްދެއްވީ ހަލުވި ދުވެލީގެ އަތްލެވޭ، އިހްސާސް ކުރެވޭ، އެއިން މަންފާ ލިބޭ ތަރައްގީއެއް ކަމަށެވެެ. އެގޮތުން ޔޫތު ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރެއްވުމާއި، ހިޔާ މަޝްރޫއާއި ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ އެތައް މަޝްރޫއެއް ދިވެހީންނާ ހަމައަށް ރައީސް ޔާމީން ގެނެސްދެއްވިކަމަށް ވެސް ފާތުން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން