އަސްލެއް ނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ކެންޕެއިން ޓީމުން ބުނެފިއެވެ.

ރައީސްގެ ކެމްޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސް އިންފޮމޭޝަން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއް ނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށެވެ. އަދި އެއީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަަށް އެބަޔާނުގައި ބުނެފައިވެއެވެ. ރައީސްގެ ކެމްޕެއިން ޓީމުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

ރައީސްގެ ކެމްޕެއިން ޓީމުގެ ބަޔާނުގައި ބުނިގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިޔެން އެންޓި ކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައިވާކަމަށެެވެ.



"ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑި އަމަލެކެވެ." ރައީސްގެ ކެމްޕެއިން ޓީމުގެ ބަޔާނުގައިވެއެވެ.

ރައީސްގެ ކެމްޕެއިން ޓީމުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާވައިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެެވެ.

އަދި ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށް ރައީސްގެ ކެމްޕެއިން ޓީމުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން